ޚަބަރު

މި އަހަރު ފުރަތަމަ ހަތަރު މަހު ހައި ކޯޓުން ނިންމީ 99 މައްސަލަ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މި އަހަރުގެ ފުރަތަމަ ކުއާޓަރު ހައި ކޯޓުން 99 މައްސަލައެއް ނިންމާލައިފި އެވެ.

Ads by STELCO

ހައި ކޯޓުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު 132 ބަލައި ނިންމި އެވެ.

ފުރަތަމަ ކުއާޓަރު ނިންމި މައްސަލަތަކުގެ ތެރޭގައި ވަނީ ޖިނާއީ 37 މައްސަލަ، މަދަނީ 35 މައްސަލަ، ވަޒީފާއާ ބެހޭ 22 މައްސަލަ، އާއިލީ ދެ މައްސަލަ، އިންފޮމޭޝަން ކޮމިޝަަރުން ދެ މައްސަލަ، ދުސްތޫރީ އެއް މައްސަލައެކެވެ.

ޖެނުއަރީ މަހު 26 މައްސަލައެއް، ފެބްރުއަރީ މަހު 43 މައްސަލަ، މާޗު މަހު 13 މައްސަލަ، އަދި އޭޕްރީލް މަހު 17 މައްސަލަ އެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަހު 73 މައްސަލައެއް ކޯޓަށް ހުށަހެޅި އެވެ. އެއިން ކޯޓުގައި ރަޖިސްޓްރީކުރީ 57 މައްސަލައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!