ޚަބަރު

ދެ ޕޭޝަންޓެއްގެ ބޯންމެރޯ އޮޕަރޭޝަން ނިމިއްޖެ، ހާލު ރަނގަޅު

އަލީ ސަމާޙް ، ދެން އޮންލައިން

ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދަން ބޭރަށް ފޮނުވި ދެ ޕޭޝެންޓެއްގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށާއި އެ ޕޭޝަންޓުންގެ ހާލު ރަނގަޅު ކަމަށް ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

''އެ ދެބޭފުޅުންގެ ސިއްހަތު ވަރަށް ރަނގަޅު މިހާރު ވާނީ ފަރުވާއަށް ފަހުގައި އިތުރު އޮބްޒަވޭޝަންއަށް ދޫކޮށްލާފައި،'' ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ހަލީލް ވިދާޅުވިއެވެ. ހަލީލް ވިދާޅުވީ އިތުރު ތިން ޕޭޝަންޓުންގެ ބޯންމެރޯ އޮޕަރޭޝަން ކުރަން ތައްޔާރުވަމުން ކަމަށެވެ.

މި ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދަން ފުރަތަމަ ކުއްޖަކު ފުރާފައިވަނީ މިދިޔަ ޑިސެމްބަރުގަ އެވެ. އެ ޕޭޝަންޓަކީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. އޭގެ ފަހުން ޖެނުއަރީ މަހު ދެ ކުއްޖަކު ފަރުވާއަށް އަށް ފުރިއެވެ. އެ ޕޭޝެންޓުން ފޮނުވަނީ އިންޑިއާއަށެވެ.

ބޯންމެރޯ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލި ޕޭޝަންޓުންގެ ތަފުސީލެއް، މިނިސްޓަރު ނުދެއްވަ އެވެ.

ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމުގެ ގޮތުން، ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ބޯންމެރޯ ހެދުމަށް ފޮނުވަމުން ދިއުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވެއެވެ.

ހަމަ އެހެންމެ، ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ވަށާޖެހޭ ހައްލެއްގެ ގޮތުން ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!