ޚަބަރު އިޖުތިމާޢީ

ބޭރަށް ހިންގާ ރޯގާތައް އާންމުވަނީ، ރައްކާތެރިވާން އިލްތިމާސްކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ބައްޔަށް ފަރުވާކުރަމުން އަންނަ ޕޭޝަންޓެއް

ބޭރަށް ހިންގާ ރޯގާތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

Ads by MWSC

އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިފަދަ ރޯގާތަކުން ސަލާމަތްވުމަށް ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ބޭރަށް ހިންގުމުގެ އިތުރުން ގިނަގިނައިން ހޮޑުލެވި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވެ، ބޮލަށް އެނބުރުން އަރާ އަދާޔާ ހިލާފަށް ކަރުހިއްކާނަމަ ލަސްތަކެއް ނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އެ އޭޖެންސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބޭރަށް ހިންގާ ނަމަ:

  • ގިނަގިނައިން ލޮނު ޕެކެޓު، ފެން އަދި ސޫޕު ފަދަ އެއްޗެހި ބުއިން.
  • ފާހަނާކުރުމަށް ފަހު އަދި ކެއްކުމުގެ ކުރިން ސާފުކޮށް އަތްދޮވުން.
  • ފާހަނާ ބޭނުން ކުރުމަށް ފަހު ސެނިޓައިޒް ކުރުން.
  • އަލާމާތްތައް ފެންނަނަމަ 1 ދުވަސް ވަންދެން ސްކޫލަށް ނުވަތަ ވަޒީފާއަށް ނުގޮސް އަރާމުކުރުން.

މީގެ އިތުރުން އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުމާއި އެކު ކުޑަކަމުދެވޭ މިންވަރު މަދުވެ، ހޮޑު ލެވޭ އިރު ނުވަތަ ބޮޑުކަމުދާއިރު ލޭ ހުންނަ ނަމަވެސް ލަސްނުކޮށް ޑޮކްޓާރެއްގެ ލަފާހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމުން ދޭތެރެ ދޭތެރެއިން ވާރޭ ވެހި ފެންބޮޑުވާތީ މުޅި ރާއްޖޭގައިވެސް މަދިރި ވަނީ އާންމުވާން ފަށައިފަ އެވެ. އަދި މީގެ ސަބަބުން މަދިރިން ޖެހޭ އެކި ކަހަލަ ބަލިތައްވެސް ދަނީ އާންމުވަމުންނެވެ. އެގޮތުން މުޅި ރާއްޖޭގައި ޑެންގީ ހުން ވަނީ އާންމު ވެފަ އެވެ.

މީގެ އިތުރުން ބޭރަށް ހިންގުމުގެ ރޯގާވެސް ފެތުރެމުން ދާކަން ފާހަގަކުރެވި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މިފަދަ ބަލިތަކުގައި ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދުވެސް އިތުރުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!