ޚަބަރު އިޖުތިމާޢީ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ފައިނާ ފާއިޒް ، ދެން އޮންލައިން
ސްޓެލްކޯ

ކަަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯ އިން ބުނެފި އެވެ.

Ads by STELCO

ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މައްޗަންގޮޅީގެ އަތަމާގޯޅި، ޝަހީދު ކުޑަނެވިތުއްތުމަނިކު ހިނގުން، މަޖީދީމަގު، ދިލްބަހާރުމަގު، ޝަހީދުއަލީ ހިނގުން، ދިލްބަހާރު ގޯޅި އަދި ސައްޔިދުކިލެގެފާނު މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 16:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެން ކަމުން މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސަރަހައްދުން ދޭތެެރެ ދޭތެރެއިން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!