ޚަބަރު

އެމްއެންޑީއެފަށް ނޭނގި ހެލިކޮޕްޓަރުު ޖެއްސި ކަމަށް ގައްސާނު ވިދާޅުވި ވާހަކަ ދޮގުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
އިންޑިއާ ހައި ކޮމިޝަން/ ފޮޓޯ: ދެން

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓުގެ ތެރެއިން، އެމްއެންޑީއެފް އަށް އެނގުމެއް ނެތި ހެލިކޮޕްޓަރު ދަތުރެއް ކުރިކަމަށް ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫން ވިދާޅުވި ވާހަކަ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ދޮގުކޮށްފިއެވެ.

Ads by Sosun Fihaara

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ބްރީފިންގައި ޑިފެންސް މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެންނެވުމާއި ހަމަޔަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ގައްސާން ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީން ބަލަމުން ދިޔަ މައްސަލައެއްގައި، އެމްއެންޑީއެފް އަށް ނޭނގި ހެލިކޮޕްޓަރު ދަތުރެއް ކުރިކަން ހާމަވެފައިވާ ކަމަށެވެ. އެ ދަތުރުކޮށްފައިވަނީ ތ. ތިމަރަފުށި އަށް ކަމަށްވެސް ގައްސާނު ވިދާޅުވިއެވެ.

"ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި" ގައްސާން ވިދާޅުވިއެވެ.

އެ ވާހަކަތައް ދޮގުކޮށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމްތައް ހިންގަނީ އެއްބަސްވެފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އަދި އެމްއެންޑީއެފްގެ ހުއްދަ ލިބިގެން ކަމަށެވެ.

''09 އޮކްޓޯބަރ 2019 ގައި (ހުއްދަ ނުހޯދާ ލޭންޑު ކުރުން) އަކީވެސް އެމްއެންޑީއެފްގެ ހުއްދައާއެކު ކުރިއަށް ގެންދިޔަ ދަތުރެއް، ތިމަރަފުއްޓަށް އިމަޖެންސީގައި ޖައްސަން ޖެހުނީ ޕްލެޓްފޯމާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް''

އެކަން ކުރީ އޭޓީސީން ބޭނުންވާ އޮން ގްރައުންޑް އެޕްރޫވަލްތައް ނެގުމަށް ފަހު ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!