އެޗްޑީސީގެ ޗެއާމަންކަމުން ޒުހޫރު ވަކިކޮށްފި

އެޗްޑީސީގެ ޗެއާމަންގެ މަގާމުން އަހުމަދު ޒުހޫރު ވަކިކޮށްފިއެވެ.
ޒުހޫރު އެ މަގާމުންނާއި ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުން ވަކިކޮށްފިކަން އަންގައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ޕޯސްޓުކޮށްފައެވެ.
ޕީސީބީގެ ޕޯސްޓުގައި އިތުރު ތަފްސީލެއް ނެތެވެ.
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކުގެ މީހުން މި ދެ ދުވަހު ވަކިކުރަމުން އެބަ ދެ އެވެ.
ފުރަތަމަ މިފްކޯގެ ސީއީއޯ ކަމުން އަހުމަދު ޝަމާހު ރޭ ވަކިކުރިއެވެ. ޝަމާހަށް ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ދެއްވައިފައެވެ.
އަދި ރޭގެ ވަގުތެއްގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުން ނޫރައިން އިސްތިއުފާ ދެއްވައިފައެވެ. މިއަދު އެމްއެމްޕީއާރުސީގެ ބޯޑު މެންބަރު ރާފިލް މުހައްމަދު މަގާމުން އިސްތިއުފާ ދެއްވިއެވެ. އޭގެ އިރުކޮޅެއް ތެރޭގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުން ފާތިމަތު ތައުފީގު (ކުޑީ) ވަކިކުރިއެވެ.