Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އުނގޫފާރު ކަރަންޓުގެ ހާދިސާ: ދެ ކުދިންގެ ހާލު ރަނގަޅު، ޒުވާނާ އައިސީޔޫއަށް

އުނގޫފާރު ކަރަންޓުގެ ހާދިސާ: ދެ ކުދިންގެ ހާލު ރަނގަޅު، ޒުވާނާ އައިސީޔޫއަށް

ރ، އުނގޫފާރުގައި ކުޑަ ދެ ކުއްޖަކާއި މީހަކަށް ކަރަންޓުގައި ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.

އެކަމެއް މިއަދު މެންދުރު ހިނގާފައިވާއިރު ކަރަންޓުގައި ޖެހުނީ އެ ރަށު ޕާކު ސަރަހައްދުގެ މަގުމަތީގައި ކުޑަ 2 ކުއްޖަކާއި ޒުވާން ފިރިހެން ކުއްޖަކު ކުޅެން އުޅެނިކޮށް، ޕާކު ކަންމަތީ ހުރި މަގު ބައްތިއަކުން ކަރަންޓްގައި ޖެހިގެންނެވެ.

އެނގިފައިވާ ގޮތުން އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާއި 8 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެކެވެ. މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައިވާ ގޮތުންނަމަ އޭގެ ތެރެއިން އެއް ކުއްޖަކީ އެ މަންޒަރު (ކަރަންޓުގައި ޖެހުނު) ފެނުމުން އަނބުރައިގަނެގެން ވެއްޓުނު ކުއްޖެކެވެ.

Advertisement
HDC — Sidebar (box)

އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރު ހުސެއިން އާސިފް ''ދެން" އަށް ވިދާޅުވީ އެ ތަނުން ކުޑަ ދެކުދިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި 18 އަހަރުގެ ޒުވާން މީހާ އިތުރު ފަރުވާއަށް އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ.

''އެ ދެކުދިން ތިބީ އެމެޖެންސީގައި، ދެ ކުދިންގެ ހާލުވެސް ރަނގަޅު'' އާސިފް ވިދާޅުވި އެވެ.

މިކަން މެދުވެރިވާން ދިމާވި ސީދާ ސަބަބެއް އަދި އެހާ ރަނގަޅަށް އެނގިފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް