މޫސުމަށް ބަލައި ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ކުރުކުރަނީ

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ގޯސް ދުވަސްވަރަކަށް ވުމުން, އަންނަ އާދިއްތަ ދުވަހު ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ކުރުކޮށް ކުރިއަށް ގެންދިއުމަށް އަންގައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުކުރުމަށް ބުރޫއަރާފައިވާ ދުވަސްވަރަކަށް ވާތީ ދިމާވެދާނެ އުނދާގޫ މޫސުމީ ހާލަތަށް ބިނާކޮށް މި ގޮތަށް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން, މެއި 26, 27 އަދި 28 ގައި ސުކޫލުތަކުގެ ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިއުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.
އެޑިއުކޭޝަނުން އަންގާފައިވަނީ ކޮންމެ ދަންފަޅިއެއްގެ ކިޔެވުން ވެސް 2 ގަޑިއިރާއި ތިން ގަޑިއިރަށް ފައްތައިގެން ކުރިއަށް ގެންދިއުމަށެވެ.
އެޑިއުކޭޝަންގެ ސާކިއުލާގައި ބުނީ މި ދުވަސްވަރު ދަރިވަރުންގެ ހިުތްތަކުގައި އިހުތިރާމް ކުރުމުގެ އާދައާއި ދުޅަހެޔޮ ކަމާއި ހަނގާކުރުމާ ދެކޮޅަށް އަމާޒުކުރެވިގެން ހިންގާ ހާއްސަ ޕްރޮގްރާމްތަކެއް ސުކޫލު ފެންވަރުގައި ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
23 ޖޫންގަ ސްކޫލްތައް ހުޅުވަން ލިސްކޮށްލިންފެނޭ. އޭރުން އީދު ބަންދުވެސް އޮންނާނީ ނިމިފަ.