އެމްޑީޕީ ބަލިކަށިވި ސަބަބުގެ ދިރާސާއަށް ހިޔާލު ދޭން ހުޅުވާލައިފި
ރާއްޖޭގައި އެންމެ މެންބަރުން ގިނަ ނަމަވެސް އެންމެ ފަހުން ބޭއްވި ބޮޑު ދެ އިންތިހާބުން އެމްޑީޕީ ނާކިޔާބުވި ސަބަބު ހޯދަން ފަށާފައިވާ ދިރާސާއަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ އެންމެ ފަހުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވި ސަބަބު ހޯދަން ހިންގާ ދިރާސާގައި ހިޔާލު ހުށަހަޅަން ބޭނުންވާ މީހުން [email protected] އަށް މެއިލްކޮށްގެން ހިޔާލު ހުށަހަޅަމުން ގެންދިއުމަށް އެދޭ ކަމަށެވެ. ވަކި މުއްދަތެއް ދީފައެއް ނުވެއެވެ.
2005 ވަނަ އަހަރު އުފެއްދި އެ ޕާޓީން ދިޔައީ އިންތިހާބުތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. 2008 އަދި 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރިއެވެ. 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން ވެސް ބޮޑު ކާމިޔާބީއެއް ހޯދިއެވެ.
ފެހި ގާނޫނު އަސާސީ 2008 ގައި ތަސްދީގު ކުރި ފަހުން ދެ ފަހަރު ވެރިކަން ކުރަން ފުރުސަތު ލިބުނު އެމްޑީޕީއަށް މިދިޔަ 2023 ގެ އިންތިހާބު ބަލިވެ މި އަހަރުގެ މަޖިލިސް އިންތިހާބުން ވެސް ހޯދުނީ 93 ގޮނޑީގެ ތެރެއިން އެންމެ 12 ގޮނޑިއެވެ.
ރައްޔިތުން ވޯޓުނުދިނީމަ ބަލިވީ.