Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވެއްޖެ

ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވެއްޖެ

ކަނޑު ދަތުރުފަތުރުކުރެވޭ ވަރަށް މޫސުން ރަނގަޅުވެއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.

މެޓުން "ދެން" އަށް މައުލޫމާތުދެމުން ބުނެފައި ވަނީ ރާއްޖޭގެ މޫސުން މިހާރު މިވަނީ ކަނޑުދަތުރުކoށް މޫދަށް އެރި އުޅެވޭ ވަރަށް ރަނގަޅުވެފައި ކަމަށެވެ. މީގެ ކުރިން މެޓުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ގަދަވެ ވައި ގަދަވުމުގެ ސަބަބުން މޫދަށް އެރި ނޫޅުމަށް އިލްތިމާސްކޮށްފައެވެ.

"ވައިގެ ބާރުމިން މިހާރު މިވަނީ ކުރިއަށް ވުރެ ދަށްވެފައި،" މެޓުން ވަނީ ބުނެފައެވެ.

Advertisement
Allied Insurance — Square (box)

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި އެވެ. ބޮޑު ސަރަހައްދަކަށް  އޮރެންޖު އިންޒާރުވެސް ނެރުނެވެ.

ނަމަވެސް މިހާރު މޫސުން ރަނގަޅުވުމުން މިވަނީ އޮރެންޖުން ހުދު ސަމާލަށް ބަދަލުކޮށްފައި އެވެ.

https://twitter.com/MetMaldives/status/1794257802715893774

ކުރިއަށް ވުރެ މޫސުން ރަނގަޅުވި ކަމުގައި ވީނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހި ވައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުން ގޯސް ވުމުގެ ސަބަބުން ކުރިމަތި ވެދާނެ ހާދިސާއަކަށް ތައްޔާރުވެ ސަލާމަތީ ފިޔަވަޅު އެޅުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް