ޚަބަރު

ކަރަންޓުގައި ޖެހި ހާލު ދެރަވި ޒުވާނާ މާލެ ގެންނަނީ

އަލީ ސަމާޙް ، ދެން އޮންލައިން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ބުރާސްފަތި ދުވަހު ރ. އުނގޫފާރުގައި މަގުމަތީ ހުރި ހޮޅިދަނޑިއަކުން ކަރަންޓު ޖެހުނު 18 އަހަރުގެ ޒުވާނާގެ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.

Ads by Hajj Corporation

އޭނާ ކަރަންޓުގައި ޖެހިފައިވަނީ ކުޑަ ދެ ކުދިންނަތަކަކާއި އެކު ފެންގަނޑެއްގައި ކުޅެން އުޅުމުގެ ތެރޭގައި އެތަނުގައި މަގުބައްތިއަކުންނެވެ. އެނގިފައިވާ ގޮތުން ކަރަންޓުގައި ޖެހުނު އެ ކުޑަ ދެކުދިން ސަލާމަތްކުރީ އެ ޒުވާނާއެވެ.

އެ ޒުވާނާ މާލެ ބަދަލުކުރުމަށް ހަމަޖެހިފައިވާކަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު ހުސެއިން އާސިފް ވަނީ "ދެން" އަށް ޔަގީންކޮށްދީފައެވެ. އާސިފް ވިދާޅުވީ އުމުރުން 18 އަހަރުގެ ޒުވާނާ މާލެ ގެންނަނީ އިތުރު ސްޕޭޝްލަސިޓުންތަކަކަށް ދެއްކުމަށް ކަމަށެވެ.

މިރޭގެ ވަގުތެއްގައި އެއާ އެމްބިއުލާންސްގައި އެ ޕޭޝަންޓު މާލޭ ގެންނާނެ ކަމަށާއި އޭނާ އަށް ފަރުވާއަށް ދޭނީ އައިޖީއެމްއެޗްގައި ކަމަށް އާސިފް ވިދާޅުވިއެވެ.

ކަރަންޓުގައި ޖެހިގެން ދެ ކުއްޖަކަށް އެމެޖެންސީގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!