ޚަބަރު

ކޫއްޑޫ އެއާޕޯޓުން ހިފެހެއްޓި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ކޫއްޑޫ އެއާޕޯޓުން ހިފެހެއްޓި ބަނގުރާތައް ވަނީ ނައްތާލާފައި

ގއ. ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން ހިފަހައްޓައި، ވިލިނގިލި ޕޮލިސް ސްޓޭޝަނާ ހަވާލުކޮށްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ، ހުކުރު ދުވަހު ނައްތާލާފައިވަނީ 212 ފުޅި ބަނގުރަލާއި 50 ދަޅު ކަމަށެވެ.

އެތަކެއްޗަކީ އެޕްރީލް މަހުގެ 17 އިން ފެށިގެން މެއި މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ބަނގުރާ ނައްތާލުން ވިލިނގިލި ޕޮލިސް ސްޓެޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!