ޚަބަރު

ފްރާންސުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަވަހާރަވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފްރާންސުން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެއެވެ.

Ads by Sosun Fihaara

ޕަކްތެތް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަފީރު އަވަހާރަވި ހަބަރު އެހީ ފުން ހިތާމައާއެކު ކަމަށާއި ރާއްޖެއާއެކު އޭނާ ބޭއްވެވި ގާތްގުޅުން އަބަދުވެސް ހަނދާން ކުރައްވާނެ ކަމަށެވެ.

އަދި ޕަކްތެތް އަކީ ރާއްޖޭގެ ގާތް މިތުރެއް ކަމަށާއި އޭނާގެ ހަދާންތައް އާކުރާނީ، ފްރާންސާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރަން ކުރެއްވި މަސައްކަތްތަކާއެކު ކަމަށެވެ.

ޕަކެތެތުގެ އާއިލާ އަށާއި ލަންކާގައި ހުންނަ ފްރާންސުގެ އެމްބަސީއަށް ޒަމީރު ވަނީ ތައުޒިޔާ ރައްދުކުރައްވާފައެވެ.

ފްރާންސް ސަފީރު އަވަހާރަވިއިރު އުމުރުފުޅަކީ 53 އަހަރެވެ. އޭނާ މަގާމާއި ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!