ޚަބަރު

އެސްޓީއޯއިން ތެލުގެ އަގުހެޔޮކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ތެޔޮވިއްކާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްގެ އިމާރާތް/ ފޮޓޯ: ދެން

ސަރުކާރު ހިންގާ ކުންފުނި އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފި އެވެ.

Ads by STELCO

އެކުންފުނިން މިރޭ ވަނީ ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ކޮށްފަ އެވެ.

އެ ބަދަލާއި އެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ހޯމަ ދުވަހުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 13.98ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 13.92ރ. އަށެވެ.

އެ ކުންފުނިން ބުނީ ފެޓްރޯލާ ޑީސެލްގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގުހެޔޮ ވެފައިވާތީ ކަމަށެވެ.

އަބަދުވެސް މަސައްކަތް ކުރަނީ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުން ކަމަށް އެސްޓީއޯއިން ބުންޏެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއި އެކު ރާއްޖޭގައި ވިއްކާ އަގުތަށްވެސް ބަދަލު ކުރަމުން ދާނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ވަނީ ދީފައި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!