ޚަބަރު

ނޭޕާލް މީހާ ރަހީނުކުރި މައްސަލާގައި އިތުރު މީހަކު 15 ދުވަހަށް ބަންދުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ގެސްޓް ހައުސްއެއްގައި ނޭޕާލް މީހަކު ބަންދުކޮށްގެން ގެންގުޅުނު މައްސަލާގައި ތުހުމަތުކުރާ އިތުރު މީހަކު 15 ދުވަހަށް ބަންދުކޮށްފި އެވެ.

Ads by STELCO

މި މައްސަލާގައި ބަންގްލަދޭޝް ދެ ފިރިހެނަކަށް ތުހުމަތުކޮށްފައިވެ އެވެ. އެއިން އެކަކުގެ ބަންދަށް 10 ދުވަހުގެ ބަންދެއް ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ޖެހި އެވެ. އަނެކަކު ދޫކޮށްލީ އެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. - އެއީ ވެސް ބަންގްލަދޭޝް ފިރިހެނެކެވެ.

މާލޭގެ މާފަންނުގައި ހުރި ގެސްޓް ހައުސެއްގައި ނޭޕާލް މީހަކު ބަންދުކޮށްގެން ގެންގުޅެނިކޮށް ފުލުހުން އެ މީހަކު ހޯދައި ސަލާމަތް ކުރީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.

އެ މީހާ ރަހީނުކޮށްގެން ގެންގުޅުނީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!