ޚަބަރު

ވަގު ނަންބަރު ޕްލޭޓް އަޅުވާ ފަރާތްތައް ހޯދޭ ގޮތް ހަދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
މިނިސްޓަރު އަމީން، ފުލުހުންގެ އިސް ބޭފުޅުންނާއެކު

މާލޭ ސަރަހައްދުގައި، ވަގު ނަންބަރު ބޯޑު ބޭނުންކޮށްގެން ދުއްވަމުންދާ އެއްގަމު އުޅަނދުތައް ވަރަށް އަވަހަށް ނަގަން ފަށާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ "މާލެ ފަހި" ކިޔާ ޕްރޮގްރާމެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި މި ފެށޭ ހަފްތާގައި ކެބިނެޓަށް ހުށަހަޅައިގެން އެ ޕްރޮގްރާމް ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ޕްރޮގްރާމްގެ ތެރޭގައި ހިމެނިގެންދާނެ ހަމަ ޕަބްލިކް އެވެއާނަސް އިތުރުކުރުމާއި ޕަބްލިކް ޓްރާންސްޕޯޓް މިހާރު އޮތް ހާލަތުން އެހެން ހާލަތަށް ގެންދިޔުމާއި ޕާކިން ބިލްޑިންތައް އެޅުން..... މާލޭގެ ގެދޮރު ނުވަތަ ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ހުރި ފަރާތްތަކަށް އެނގުމެއް ނެތި އެ ބޭފުޅުންގެ ގެދޮރުގައި ވަރަށް ގިނަ އަދަދެއްގެ ރަޖިސްޓްރީ ކުރެވިފައި އެބަހުރި" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިހާރު މާލެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ވެހިކަލް، ނިޒާމުން ބޭރުން ރަޖިސްޓްރީނުކޮށް ނުބައި ނަންބޯޑު ބޭނުންކޮށްގެންނާއި ރަޖިސްޓްރޭޝަން ޕްރޮސެސް އެއް ނެތި ގެންގުޅެމުންދާ ކަމަށެވެ. އެކަމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފުލުހުންނާއި ހޯމް މިނިސްޓްރީން މިހާރު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

"ގާނޫނުގައި ކަނޑައެޅިގެން ވަކި ގޮތަކަށް ރަޖިސްޓްރީކޮށް އެކި ޒޯންތަކުގައި ދުއްވުމަށް ކަނޑައެޅިފައިވާ މިންގަނޑުން ބޭރުން ގަސްތުގައި ރަޖިސްޓްރީނުކޮށް ވަގު ނަންބަރު ޕްލޭޓް އަޅުވާ ފަރާތްތައް ހޯދޭނޭ. މިކަމުގައި ނިޒާމަށް ބަދަލުގެންނަންޖެހޭ" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ވަގު ނަންބަރު ބޯޑު ޖަހާފައި ހުރި ވެހިކަލްތައް މިނިސްޓްރީން ނަގަން ފަށާނެ ކަމަށާއި، ވެހިކަލް ބެލެހެއްޓޭން ފުރިހަމަ ނިޒާމެއް މިނިސްޓްރީން ގާއިމް ކުރާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!