Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މޭމަހު، އޭގެ ކުރީ މަހަށް ވުރެ ކުށް މަދު

މޭމަހު، އޭގެ ކުރީ މަހަށް ވުރެ ކުށް މަދު

މިދިޔަ އެޕްރީލް މަހާ އަޅާ ބަލާއިރު، މޭ މަހު ކުށްތައް ރިޕޯޓް ކުރި އަދަދު 22 އިންސައްތަ ދަށް ވެފައިވާ ކަމަށް ފުލުހުން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޭޕްރީލް މަހާ މޭމަހާ ދެމެދު ރިޕޯޓްކޮށްފައިވާ ކުށްތަކުގެ ތަފާސް ހިސާބުތަކުގެ ޗާޓެއް، 'އެކްސް' ގައި ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވަނީ ހިއްސާކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަހު ވައްކަމުގެ 285 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

Advertisement
Allied Insurance — Square (box)

އަދި ޓްރެފިކް އެކްސިޑެންޓްތަކުގެ 219 މައްސަލައަކާއި، މަސްތުވާތަކެތީގެ 116 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މޭ މަހު ވައްކަމުގެ 244 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު އެ މަހު  ޓްރެފިކް އެކްސިޑެންޓުގެ 169 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި މަސްތުވާތަކެތީގެ 88 އަށް މައްސަލައެއް ހުށަހެޅިފައިވެއެވެ.

ދެ މަހުވެސް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ނަމަވެސް، އެޕްރީލް މަހާއި އަޅާ ބަލާއިރު، މޭ މަހު ވައްކަމުގެ މައްސަލަ ހުށަހެޅިފައިވާ އަދަދު ވެސް ވަނީ މަދުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް