Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުން މާދަމާ ފުރަނީ

ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުން މާދަމާ ފުރަނީ

ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުންގެ ތެރެއިން މިހާރު ނުގޮސް ތިބި 48 މީހުން މާދަމާ ފުރާ ގޮތަަށް ހަމަޖެހިއްޖެ އެވެ.

ޙައްޖަށް ދިޔުމުގެ މާލީ ގާބިލުކަން ނެތް 1000 މީހަކު ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހައްޖަށް ފޮނުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ގޮތުގެ މަތިން މި އަހަރު ހައްޖަށް ފޮނުވާނެ 50 މީހުން ގުރުއަތު ލައިގެން ހޮވި އެވެ. އެއިން އެކަކު ފުރީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ. ދެވަނަ މީހަކު ފުރީ މިދިޔަ ހޯމަ ދުވަހުގެ ފްލައިޓުންނެވެ.

Advertisement
Allied Insurance — Square (box)

ސަރުކާރުން މިއަދު ބުނި ގޮތުގައި ބާކީ ތިބި 48 ހައްޖުވެރިން ހައްޖު ކޯޕަރޭޝަނުގެ ތިން ވަނަ ފްލައިޓުން މާދަމާ ފުރާނެ އެވެ.

އެ 50 މީހުންގެ ތެރެއިން އަތޮޅުތެރޭ ތިބި ފަރާތްތައް މާލެ ގެނައުމާއި ކެއުމާ ބުއިމުގެ ހަރަދު އަދި ހައްޖު ދަތުރު ނިމި އެނބުރި ރަށަށް ފޮނުވުމުގެ ހަރަދު ދަޢުލަތުގެ ފަރާތުން މިހާރު ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.

 

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް