ޚަބަރު އިޖުތިމާޢީ

އީދު ބަންދުގައި ހުޅުމާލެ ހޮސްޕިޓަލުން އޯޕޯޑީ ހިދުމަތް ލިބޭނީ ދެ ދުވަހު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހުޅުމާލެ ހޮސްޕިޓަލު/ ފޮޓޯ: އަވަސް

އަންނަ ހުކުރު ދުވަހު ފެށޭ ބޮޑު އީދު ބަންދުގައި ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ދޭނެ ދުވަސްތައް އާންމުކޮށްފި އެވެ.

Ads by MWSC

އަޟްހާ އީދާއި ގުޅިގެން މިމަހު 14 ވަަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދު ވާނެ އެވެ. މި ދުވަސްތަކުގައި ހޮސްޕިޓަލުގެ ސްޕެޝަލިސްޓު އޯޕީޑީ ކުރިއަށް ދާނީ މިމަހުގެ 17 އާއި 18 ވަނަ ދުވަހު އެކަނިކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

އޯޕީޑީއާއެކު އެހެނިހެން ހިދުމަތްތައް ބަންދުވާނެ ކަމަށް ބުނެފައިވަނީ ޖޫން 15، 16، 19 އަދި 20 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެ ދުވަސްތަކުގައިވެސް އައިޕީޑީ އާއި އެމަޖެންސީ ހިދުމަތްތައް ލިބޭނެ އެވެ. މި ހިދުމަތްތަކަކީ 24 ގަޑިއިރު ދެމުންދާ ހިދުމަތްތަކެކެވެ.

އަޟްހާ އީދާއި ގުޅިގެން މިމަހުގެ 20 ވަނަ ދުވަސް ސަރުކާރު ބަންދު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ހަފްތާގަ އެވެ. އެހެންކަމުން މިއީ ބޮޑު ބަންދަކަށް ވާނެ އެވެ.

ސައުދީ އަރަބިއްޔާއަށް ކުރިން ހަނދު ފެނުމާއި ގުޅިގެން އީދު ދުވަސް މިވަނީ އަވަސްވެފަ އެވެ. ކަލަންޑަރުގައި އީދު ދުވަހަކީ މިމަހުގެ 17 ކަމަށް ބުނެފައި ވީނަމަވެސް މިހާރު އީދު ދުވަހަކީ 16 ވަނަ ދުވަހުގެ ގޮތުގައި ވަނީ އިއުލާން ކޮށްފަ އެވެ.

މިއަހަރުގެ އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން އެކި ރަށްރަށުން ދަނީ ތައްޔާރުވަމުންނެވެ. ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ ތިން ރަށެއްގަ އެވެ. އެއީ ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދު ރާއްޖެތެރެއިން ކޮންމެ ހިސާބަކުން އެއް ރަށުގަ އެވެ.

އީދު ބަންދަށް ފަހު ސަރުކާރު އޮފީސްތައް ހުޅުވޭނީ ޖޫން 23 ގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!