ބޮލީވުޑް މުނިފޫހިފިލުވުން

އަމީތާބް އަނެއްކާވެސް އާ ކާރެއް ގަނެފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑުގެ ސުޕަސްޓާރު އަމީތާބު ބައްޗަން ގެ އަގުބޮޑު ކާރު ލިސްޓަށް އިތުރު ކާރެއް އިތުރު ކޮށްފިއެވެ.

Ads by Sosun Fihaara

އެގޮތުން އަމީތާބު އެންމެ ފަހުން ގަނެފައިވަނީ މާސެޑެސް ބެންސް އެސް ކްލާސްގެ ކާރެކެވެ. އެ ކާރުގެ އަގު ގާތްގަނޑަކަށް 1.3 ކުރޯރު ރުޕީސް އަށް އަރާނެ ކަމަށް ބެލެވެއެވެ.

އަމީތާބު އަބަދުވެސް ފާހަގަވެފައި އޮންނަނީ އަގުބޮޑެތި ކާރުތަކަށް ލޯބިކުރާ ތަރިއެއްގެ ގޮތުގައެވެ. އަދި އަމީތާބު އެންމެ ލޯބިވާ ކާރުތަކުގައި އޭނާ އަމިއްލަ އަށް ބުރު ޖަހަންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އައު ކާރުގައި އެންމެ ފުރަތަމަ ދުއްވާލަން ގޮސްފައިވަނީ އަމީތާބުގެ ފިރިހެން ދަރިފުޅު އަބީޝޭކް ބައްޗަން ކަމުގައި ވެސް އިންޑިއާ ނޫސްތަކުން ބުނެއެވެ.

ކޮވިޑް19 އިން ރަނގަޅުވުމަށް ފަހު އަމީތާބު ވަނީ އެނބުރި މަސައްކަތަށް މިހާރު ނިކުމެފައެވެ. އެގޮތުން އަމީތާބުގެ ހުށަހަޅައިދޭ ޝޯ އެއް ކަމަށްވާ "ކޯން ބަނޭގާ ކަރޯރު ޕަތީ" ގެ ޝޫޓިންތައް މިހާރު ފަށާފައިވާއިރު، މި ޕްރޮގްރާމްގެ ސެޓުތަކަށް އަމީތާބުގެ އައު ކާރުގައި ދިއުން ވަރަށް ގާތް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

1967 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 7ގައި އެޅުވި ފިލްމް ’ސާތު ހިންދުސްތާނީ’އިން ފިލްމީ ދުނިޔެއަށް އުފަންވި ކުޅަދާނަ އެކްޓަރ އަމީތާބް ބައްޗަން ފިލްމް ކުޅެންފެށިތާ މިހާރު ވަނީ 50 އަަށް ވުރެ ގިނަ އަހަރުވެފައެވެ. ’ބިގް ބީ‘ ގެ ނަމުގައި މަޝްހޫރު އަމީތާބްގެ ވިދުމަށް ފަނޑުކަމެއް ނައިސް މިއަދާ ހަމައަށް ވެސް އޭނާއަކީ ބެލުންތެރިންގެ ލޯބި ހޯދަމުން އަންނަ ފަންނާނެއްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އަމީތާބަކީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހާއްސަ އިހްތިރާމަކާއި ލޯތްބެއް ހޯދައިފައިވާ މީހެކެވެ.

 

 

 

Ads by Ooredoo
  1. މީމު

    ލާރިި ހުރިއްޔާާ ހަމަަ ގަންނަންވީީ ތީީ އަދިި އަގުބޮޑުތަ