ޚަބަރު

ތޮއްޑޫ ކައުންސިލް އިދާރާއަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި ކުރި މުޒާހަރާގެ ތެރެއިން

މިމަހު 5 ވަނަ ދުވަހު ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި ކުރި މުޒާހަރާއެއްގައި އެ އިމާރާތަށް ގެއްލުން ދިން މައްސަލައާއި ގުޅިގެން ހައްޔަރުކުރި 8 މީހުން ދޫކޮށްލައިފި އެވެ.

Ads by Hajj Corporation

ތޮއްޑޫގައި މުޒާހަރާ ކުރީ ދަނޑުވެރިކަމަށް އެރަށުން ބިން ދޫކުރި ގޮތާއިމެދު ހިތްހަމަނުޖެހިގެންނެވެ. މުޒާހަރާ ކުރި މީހުން ވަނީ ކައުންސިލް އިދާރާ ހުންނަ އިމާރާތުގެ ފުރާޅަށް ގާ އުކައިފަ އެވެ. އަދި އެ އިމާރާތުގެ ބިއްލޫރިތައްވެސް ވަނީ ތަޅާލައިފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށް ފަހު އެ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ.

ތޮއްޑޫގައި މުޒާހަރާއަށް އެއްވި މީހުން އަމަލުކުރި ގޮތުން މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށްވެސް އަނިޔާވި އެވެ. ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެ އޮފިސަރު ވަނީ ދޫކޮށްލާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!