ބީއެމްއެލް އެކައުންޓުތަކުން އަނެއްކާވެސް ގޮތް ނޭނގި ފައިސާ ކެނޑެމުން އަންނަ މައްސަލައެއް ފެންމަތި ވެއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންގެ އެކައުންޓުތަކުން އަނެއްކާވެސް ގޮތް ނޭނގި ފައިސާ ކެނޑެމުން އަންނަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މީސްމީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެގޮތުން އެފަރާތްތަކުން ބުނެފައިވަނީ ބީއެމްއެލް އިން "ފޮރިން ޕާޗެސް" ކަމަށް ބުނެ ފައިސާ ކަނޑަމުން އަންނަ ކަމަށެވެ.
"އެފަދަ އެއްވެސް ވިޔަފާރިއެއް މިއިން ދުވަހަކު ވެސް ކޮށްފައެއް ނުވާނެ. ބޭރުން އެއްވެސް ވިޔަފާރިއެއް ވެސް ކޮށްފައެއް ނުވާނެ. އެކަމަކު މެސެޖު މިއަންނަނީ 91 ރުފިޔާއިން 89 ރުފިޔާއިން ފައިސާ ކެނޑިއްޖެކަމަށް. ތަފްސީލު ބަލާލާއިރު ފޮރިން ޕާޗެސް އެއް ކަމަށް. މިއީ ވަރަށް ދެރަ ކަމެއް ދޯ މިކަހަލަ ދުވަސްވަރެއްގައި އަދި މިހެންވީމަ" އޭގެ ތެރެއިން އެކަކު ބުނެފައިވެއެވެ.
"އަހަރެން އެންމެ ފަހުން ވެސް އިންޓަނޭޝަނަލް ވިޔަފާރިއެއް ކުރީ ނެޓްފިލްކްސް އަށް ފައިސާ ދައްކަން އެކަނި. އެއަކަށް ނާރާނެ 82.96 ރުފިޔާއެއް. މިއޮތީ ހަމަ ވައްކަން ކޮށްފަ. މިއީ އަހަރުމެން ބުރަ މަސައްކަތް ކޮށްގެން ދާ އޮހޮރުވައިގެން ހޯދާ ފައިސާ. ޕޮލިހަށް ގޮސް މައްސަލަ ޖައްސައިގެން ވިޔަސް އެފައިސާ ހޯދާނަން." އެހެން ކަސްޓަމަރަކު ވެސް އޭނާގެ ޝުޢޫރު ފާޅު ކޮށްފައިވެއެވެ.
"ފޮރިން ޕާޗެސް" ގެ ގޮތުގައި ބީއެމްއެލް އެކައުންޓުތަކުން ގޮތް ނޭނގި ފައިސާ ކެނޑެމުން އަންނައިރު، އެބޭންކުން ފޯރު ކޮށްދޭ ވިސާ ޑެބިޓް ކާޑުގެ ކަސްޓަމަރުންގެ މައުލޫމާތުތަކެއް ވެސް ލީކުވި ކަމުގެ މައްސަލަތަކެއް މިއަހަރުގެ ޖޫން މަހު ފެންމަތިވިއެވެ.

މިކަމާއި ގުޅޭގޮތުން ބީއެމްއެލް އިން ބަހެއް ހޯދާލުމަށް "ދެން" ގެ ފަރާތުން ގުޅާލުމުން، ސުވާލު މެއިލް ކޮށްލަދިނުމަށާއި އެއަށްފަހު ލިޔުމުން އެފަރާތުން ވެސް ޖަވާބެއް ދެއްވާނެ ކަމަށް އެ ބޭންކުގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ. ނަމަވެސް މިއަދު ހެނދުނު 11:07 ގައި ކުރި އެމެއިލް އަށް އަދި އެބޭންކުން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މީ ހަމަ ސަރުކާރުން އަޑީގަ ހުރެގެން ހިންގާ ކަމެކޭ މަ ބުނާނީ
އެއްގޮތުން ނުވިއްޔާ އަނެއްގޮތުންވެސް ރައްޔިތުން ފެލުން ނޫންކަނެއް މިސަރުކާރަކުން ނުކުރޭ
މީގެ ބޭނުމަކީ ބޭންކުގެ އިތުބާރު ދުއްވައިލައި، ހަމައެކަނި އެސްބީއައި މިރާއްޖޭގައި ބާރުވެރިކުރާން ކުރާ ކަމެއް.