ޚަބަރު

މާލެ ސަރަހައްދުގައި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އަދި 25 މިސްކިތެއްގައި އީދު ނަމާދު ކުރާނެ

އައިކާ ޔުނާން ، ދެން އޮންލައިން

ކުރިއަށް އޮތް އަޟްހާ ޢީދުގައި މާލޭ ސަރަހައްދުގައި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އަދި 25 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Hajj Corporation

ކޮންމެ އަހަރަކު ވެސް އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަމުން އަންނަ އިރު މި އަހަރު ވެސް ބޮޑު ޖަމާއަތުގައި ނަމާދު ކުރަން ހަމަޖެހިފައިވަނީ މާލެ އިން މާފަންނު ސްޓޭޑިއަމާއި ވިލިމާލެ ބޯޅަދަނޑާއި ހުޅުމާލެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ 2 ގެ ކްރިކެޓް ސްޓޭޑިއަމްގައެވެ.

މިނިސްޓްރީން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކުރަން ޖެހިއްޖެ ނަމަ މާލޭގައި އީދު ނަމާދުކުރާނީ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.

ބޮޑެތި ހުރިހާ މިސްކިތެއް ހިމެނޭހެން 25 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އަންހެނުންނަށް އީދު ނަމާދުކުރެވޭނެ ޖާގަ ހަމަޖައްސައިދޭނެ ކަމަށެވެ.

ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ޢަރަފާތު ދުވަހަކީ މި މަހުގެ 15 ވާ ހޮނިހިރު ދުވަސް އަދި އަޟްޙާ ޢީދު ދުވަހަކީ މި މަހުގެ 16 ވަނަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މި އަހަރުން ފެށިގެން އީދު ނަމާދު ކުރާ ގަޑި 07:00 އަށް ވަނީ ބަދަލުކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!