Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބަހުގެ އެކެޑަމީން ބާއްވާ ގައުމީ ފެންވަރުގެ 3 މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި

ބަހުގެ އެކެޑަމީން ބާއްވާ ގައުމީ ފެންވަރުގެ 3 މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި

ދިވެހިބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް އިންތިޒާމްކޮށްގެން ޤައުމީ ފެންވަރުގައި ބާއްވާ 3 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި ފުރުސަތު ހުޅުވާލާފައިވަނީ ޅެން ހެދުމުގެ 27 ވަނަ ޤައުމީ މުބާރާތް، ކުރުވާހަކަ ލިޔުމުގެ 36 ވަނަ ޤައުމީ މުބާރާތް އަދި މަޒުމޫނު ލިޔުމުގެ 39 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ކަމަށެވެ.

މި މުބާރާތްތައް ދިވެހިބަހުގެ އެކެޑަމީން ހުޅުވާލާފައިވަނީ ސްކޫލް ދަރިވަރުންނަށާއި އަމިއްލަ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

Advertisement
Ooredoo — Square (box)

ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭ އުމުރުފުރާތަކަކީ ދަށު ސާނަވީއާއި، ސާނަވީ އަދި މަތީ ސާނަވީގެ އުމުރުފުރާއެވެ. އަމިއްލަ ފަރާތްތަކަށް 18 އަހަރުން ދަށުގެ ޢުމުރުފުރާއާއި 18 އަހަރުން މަތީގެ ޢުމުރުފުރާއިން ބައިވެރިވެވޭނެއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ފޯމު ހުށައެޅޭނެކަމަށް އެކެޑަމީން ބުނެއެވެ. ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ، މުބާރާތްތަކުގައި ބައިވެރިވުމަށް އެދި ގޫގުލް ފޯމު މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ. އަދި އެކްސެލް ފޯމު ހުށައަޅާނަމަ، ފޯމު ފުރިހަމަކުރުމަށްފަހު އެކެޑެމީގެ <a href="[email protected]">މެއިލްއަށް</a> ހުށައެޅޭނެކަމަށެވެ. ގޫގުލް ފޯމުގެ ލިންކާއި އެކްސެލް ފޯމު އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް