ޚަބަރު

ދިވެހި ސަގާފަތާ ބެހޭ މައުލޫމާތު ޗައިނާގެ ވަފްދަށް ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހި އާސާރީ ތަކެއްޗާއި ދިވެހި ސަގާފަތާ ބެހޭ މައުލޫމާތު ޗައިނާގެ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ ) ގެ 14 ވަނަ ނޭޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ބޭޓާ އަށް ދީފިއެވެ.

Ads by Sosun Fihaara

އެ މައުލޫމާތުތައް ބޭޓާއާ ހިއްސާކުރީ ގައުމީ ދާރުލްއާސަރަށް އޭނާ ކުރެއްވި ޒިޔާރަތުގައި، ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. ސީޕީޕީސީސީގެ އިސްވެރީންގެ 15 ބޭފުޅުންގެ ހާއްސަ ވަފުދެއް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޗައިނާ ސަރުކާރުގެ މި ވަފުދު ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް  އަބްދުއްރަހީމް އަބްދުﷲ ގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

ޗައިނާ އާއި ދިވެހިރާއްޖެއަކީ ވަރަށް ދުރު މާޒީއެއް އޮތް ދެ ގައުމެވެ. އަދި މި ދިގު މާޒީއާ ގުޅޭ އަގުހުރި ބައެއް އާސާރީ ތަކެތި ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރުގައި މިއަދު ވެސް ފެންނަން ހުރި ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!