ވަޒީރު އާދަމް ނަސީރު ބޮޑު އީދަށް ކުޑަހުވަދޫއަށް
މާދަމާ އަންނަ ބޮޑު އީދު ފާހަގަ ކުރުމަށް ދ. ކުޑަހުވަދޫގައި ކުރިއަށްދާ ހަރަކާތްތައް ބައްލަވާލެއްވުމަށް ދިވެހިބަހާ ސަގާފަތާ ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު އެރަށަށް ވަޑައިގަންނަވައިފިއެވެ.
ގައުމީ ފެންވަަރުގައި އީދު ފާހަގަކުރުމަށް ކަނޑައަޅާފައިވާ ތިން ރަށުގެ ތެރެއިން ކުޑަހުވަދޫއަށް ވަޑައިގެންނެވުމުން ވަޒީރަށް މަރުހަބާ ވިދާޅުވީ އެ ދާއިރާގެ މެންބަރު ހުސައިން ހަމީދާއި އެ ކައުންސިލްގެ މެންބަރުންނާއި ރަށު މުއައްސަސާތަކުގެ ވެރީންނާއި މުވައްޒަފުންނެވެ.
އެ ރަށުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި އީދު ސަޔާއި އުލްހިޔާ ކަތިލުމާއި ހަވާ އެރުވުމުގެ އިތުރުން ވެސް ސަގާފީ ގިނަ ހަރަކާތްތަކެއް ހިމެނެ އެވެ. އޭގެތެރޭގައި ލަނގިރި ޖެހުމާއި ބޮޑުބެރު ޖެހުމާއި ތާރަ ޖެހުމާއި ބޮޑު މަސް ނެރުން ހިމެނެއެވެ.
މީގެއިތުރުން، ފަލަސްތީން މުސްލިމުންގެ ހައްގުގައި ބާއްވާ ހާއްސަ ހިނގާލުމެއް ވެސް އެ ރަށުގައި ބާއްވާނެ އެވެ.
އީދުގެ ހަރަކާތްތައް ބައްލަވައިލެއްވުމަށްކު ރައްވާ މި ދަތުރު ނިންމާލުމަށް ފަހު ވަޒީރު މާލެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަަހު އެވެ.
މިއަހަރު ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރަނީ ކުޑަހުވަދޫގެ އިތުރުން ގއ. ވިލިނގިއްޔާއި ރ. އުނގޫފާރުގަ އެވެ.