ޚަބަރު ދުނިޔެ

ހޫނު ގަދަވުމުގެ ސަބަބުން 19 ހައްޖާޖީއެއް މަރުވެއްޖެ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ސައުދީ އަރަބިއާގައި ހޫނުގަދަވުމުގެ ސަބަބުން އުރުދުންގެ 19 ހައްޖާޖީއެއް މަރުވެއްޖެއެވެ.

Ads by Sosun Fihaara
Ads by MWSC

އުރުދުންގެ ފޮރިން މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުންގެ ހައްޖުވެރިންގެ ތެރެއިން 14 މީހުން މަރުވެފައިވާއިރު، ހައްޖުގެ އަޅުކަން ކުރިއަށް ދިޔައިރު 17 މީހަކު ގެއްލިފައިވެއެވެ. އެ މިނިސްޓްރީއިން ބުނީ، އެ މީހުން މަރުވީ އިރުގެ އަލި ޖެހި، އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން ކަމަށެވެ.

އީރާނުގެ ރެޑް ކްރެސެންޓްގެ ވެރިޔާ ޕިރުހުސެއިން ކޫލިވަންދު ވިދާޅުވީ، މި އަހަރު މައްކާ އާއި މަދީނާގައި އީރާނުގެ ފަސް ހައްޖުވެރިން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ މަރުތަކުގެ ސަބަބުތައް ހާމަކޮށްފައެއް ނުވެއެވެ.

އިސްލާމްދީނުގެ ފަސް ރުކުންގެ ތެރެއިން އެއް ރުކުން ކަމަށްވާ ހައްޖަކީ ވަސީލަތްތައް ހުރި ކޮންމެ މުސްލިމަކުވެސް މަދުވެގެން އެއްފަހަރު އަދާކުރަންޖެހޭ ވާޖިބެކެވެ. މިއަހަރު ސައުދީ އަރަބިއާގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ގާތްގަނޑަކަށް 1.8 މިލިއަން މުސްލިމުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެއެވެ

ހައްޖުގެ އަޅުކަމުގެ ތެރޭގައި ހައްޖާޖީން ގިނަ ވަގުތު ހޭދަކުރަން ޖެހިފައިވަނީ ބޭރުގައެވެ. އެހެންކަމުން، އެ ސަރަހައްދުތަކުގައި މޫސުމީ ހޫނުގަދަކަމުން ރައްކާތެރިވުމަށް ފެން ބެހުމުގެ އުސޫލުތަކާއި ހައްޖުވެރިންނަށް އަވިން ރައްކާތެރިވުމަށް އިރުޝާދު ދިނުން ފަދަ ހޫނުމިން ކުޑަކުރުމުގެ ފިޔަވަޅުތައް ސައުދީ ސަރުކާރުން އަޅަމުން އަންނަ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރު ވެސް ހޫނު ގަދަވުމުގެ ސަބަބުން 240 މީހަކު ޙައްޖުގެ އަަޅުކަމުގެ ތެރޭގައި މަރުވިއެވެ. އޭގެ ތެރޭގައި ގިނައީ އިންޑޮނޭޝިއާ މީހުންނެވެ. މިދިޔަ އަހަރު ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވި ހައްޖާޖީންގެ އަދަދު 10،000 އަށް އަރާއިރު އޭގެ ތެރެއިން 10 ޕަސެންޓް މީހުންނަކީ ހީޓް ސްޓްރޯކް ޖެހުނު މީހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!