Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހައްޖުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސަދިނުމުން ރައީސްގެ ޝުކުރު ސައުދީއަށް

ހައްޖުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސަދިނުމުން ރައީސްގެ ޝުކުރު ސައުދީއަށް

މިއަހަރުގެ ހައްޖުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސަދިނީތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ސައުދީ ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވީ އެ ގައުމުގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

އެ ސިޓީފުޅުގައި ރައީސް ވަނީ ހައްޖުގެ އަޅުކަމުގެ ދުވަސްވަރަކީ މުސްލިމު އުންމަތުގެ މެދުގައި އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަން އާލާވެގެންދާ ދުވަސްވަރެއްކަމުގައި ލެއްވުމަށާއި މުސްލިމު އުންމަތަށް ޞުލްޙަމަސަލަސްކަމާއި އުފާވެރިކަން ފާގަތިކަން އިތުރުދެއްވުން އެދިވަޑައިގެން ދުއާ ދަންނަވާފައެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން އަަލްހާ އީދުގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް އެމަނިކުފާނު ވަނީ ވަލީއަހުދާއި ސައުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.

އެމަނިކުފާނުގެ ސިޓީފުޅު ނިންމަވާލެއްވީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތިކަމާ ވަލީއަހުދަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1150 މީހުން މައްކާއަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ފޮނުވާ 50 ފަގީރުންވެސް ހިމެނެ އެވެ.

މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ސަރުކާރުން ފޮނުއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް