ދުނިޔެ

ޔޫރަޕާއެކު ވިޔަފާރި ކުރިއެރުވުމަށް އިންޑިއާއިން ނުވަ ބިލިއަން ޑޮލަރުގެ ބަނދަރެއް ފާސްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެދުއިރުމަތީގެ ސަރަހައްދުން ކަނޑުމަގުންނާއި ރޭލު ލިންކުން އޭޝިއާގެ ގައުމު ޔޫރަޕާ ގުޅާލުމުގެ ޕްލޭންގެ މުހިންމު ބައެއް ކަމަށް ސަރުކާރުން ބުނާ އާ ޑީޕް ވޯޓާ ބަނދަރެއް ތަރައްގީ ކުރަން އިންޑިއާގެ ކެބިނެޓުން މިއަދު ފާސްކޮށްފި އެވެ.

Ads by Sosun Fihaara

އިންޑިއާގެ އިންފޮމޭޝަން މިނިސްޓަރު އަޝްވިނީ ވައިޝްނަވް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މާލީ ވެރިރަށް މުމްބާއީއާ ގާތްގަނޑަކަށް 150 ކިލޯމީޓަރު (93 މޭލު) ދުރުގައި ވާދަވަން ބަނދަރު ހަދާނީ 762 ބިލިއަން އިންޑިއާ ރުޕީސް (9.14 ބިލިއަން ޑޮލަރު) އަށް ކަމަށެވެ.

މި ބަނދަރުގައި "މެގަ ވެސެލްސް" ބެހެއްޓޭނެ ޓާމިނަލްތަކާއި ޕެޓްރޯލިއަމް، އޮޓޯމޯބައިލް އަދި އެހެނިހެން އިމްޕޯޓަށް ބޭނުންވާ ޓާމިނަލްތައް ހުންނާނެ ކަމަށާއި، އެ ޓާމިނަލްތަކުގެ އަހަރީ ކެޕޭސިޓީ އަކީ 298 މިލިއަން މެޓްރިކް ޓަނު ކަމަށް ވައިޝްނައު ވިދާޅުވި އެވެ. އަދި އިމާރާތް ކުރުމުގެ ދެ ފިޔަވަހީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2029 ވަނަ އަހަރު ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އިންޑިއާ-މެދުއިރުމަތީގެ ކޮރިޑޯގެ މުހިއްމު ބައެއް،" ނިއު ދިއްލީގައި ކުރިއަށްދާ ޖީ20 ސަމިޓުގެ ހަވާސާގައި ސެޕްޓެމްބަރު މަހު އިއުލާނުކުރި ޕްލޭނަށް އިޝާރާތް ކުރައްވައި ވައިޝްނަވް ވިދާޅުވި އެވެ.

މިއީ މުސްތަގުބަލުގައި އިގްތިސާދީ ހަރަކާތްތަކުގެ ބޮޑު މަލްޓިޕްލަޔަރަކަށް ވެގެންދާނެ."

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!