Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގީލާ، ސަފީރުކަމުގެ ފަތްކޮޅު ބެލްޖިއަމްގެ ރަސްގެފާނަށް އަރުވައިފި

ގީލާ، ސަފީރުކަމުގެ ފަތްކޮޅު ބެލްޖިއަމްގެ ރަސްގެފާނަށް އަރުވައިފި

ދިވެހިރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅާފައިވާ އާ ސަފީރު، ގީލާ އަލީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު، ބެލްޖިއަމްގެ ރަސްގެފާނު ފިލީޕްއަށް އަރުވައިފިއެވެ.

މި ފަތްކޮޅު އަރުވާފައިވަނީ ބެލްޖިއަމްގެ ޝާހީ އާއިލާ ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ބްރަސެލްސްގެ ޝެޓޫ ޑި ލެކެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި ގީލާ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީ އާއި ފަތުރުވެރިކަން ފަދަ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަސްގެފާނަށް އަރުވާފައެވެ.

Advertisement
HDC — Sidebar (box)

ފިލީޕް ވަނީ ގީލާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ސަފީރު ގީލާ އަކީ ސިއްހީ އަދި ފޮރިން ސާވިސްގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރެކެވެ. 2015 ވަނަ އަހަރު ފޮރިން ސާވިސްގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށްފަހު އޭނާ ވަނީ ޖެނީވާގައި ހުންނަ އދ.ގެ ރާއްޖޭގެ މިޝަންގެ މިނިސްޓަރުކަމާއި، ޗާޖް ޑި އެފެއާޒްގެ މަގާމު އަަދާކުރައްވާފަ އެވެ. އޭނާ ވަނީ ލަންޑަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓާ ކައުންސެލާގެ އިތުރުން ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ސާވިސަސް ޑިޕާޓްމަންޓްގެ އެޑިޝަނަލް ސެކްރެޓަރީ އަދި ހެޑްގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް