އިިީދު ފާހަގަކުރުމުގެ ނަމުގައި ހިންގާ މުންކަރާތްތައް ހުއްޓުވާނަން: ޝަހީމް

އީދު ފާހަގަކުރުމުގެ ނަމުގައި ހިންގަމުން އަންނަ މުންކަރާތައް ހުއްޓުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑު އީދު ފާހަގަކުރަން ބ. އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން އަންހެނަކު ނިވާކަން ކުޑަ ހެދުން އަޅައިގެން, ބޭއްވި ސްޓޭޖު ޝޯވގެ ވީޑިއޯ އެއް އަންނަނިީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަނީ ބޭރު ބަޔަކު ކަމަށް ލަފާކުރެވޭ ބަޔަކު އަލިފާނުގެ ކުޅިވަރުތައް ކުޅޭ މަންޒަރެވެ.
ވީޑިއޯގެ ސްކްރީން ޝޮޓެއް ހިއްސާކޮށް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ, އިސްލާމީ މުޖުތަމައު ހަރާބުވެގެންދާން ފުރުސަތުދީގެން ނުވާނެ ކަމަށެވެ. އަދި އީދު ފާހަގަކުރުން ނަމުގައި ހިންގަމުން އަންނަ މުންކަރާތްތައް ބަލާ އެކަން ހުއްޓުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އިސްލާމީ އީދު ފާހަގަކުރުމުގެ ނަމުގައި ހިންގަމުންދާ ބޮޑެތި މުންކަރާތްތައް ހުއްޓުވުމަކަށް ގެންނަން ޖެހޭ" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވަނީ އާންމުންގެ ކުރިމަތީގައި އައުރަ ނިވާ ނުކޮށް ބަރަހަނާ ވެގެން އުޅުމަކީ ދިވެހިންގެ ސަގާފަތެއް ނޫންކަން ހަނދާންކޮށްދެއްވާފަ އެވެ.







ކޮމެންޓް