Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުއްޖާގެ ހާލަތު ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހަދަނީ

ކުއްޖާގެ ހާލަތު ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހަދަނީ

ގދ. ފިޔޯރީން ގެއްލުނު އަށް އަހަރުގެ ކުޑަ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ކުޑަކުއްޖާގެ ހާލަތު ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހަދަން ނިންމައިފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ފިޔޯރީ، ފިނިވިލާގެ، މަރިޔަމް މީނާލް އެވެ.

ކުއްޖާ ހޯދަމުން ދިޔަތާ ގިނަ އިރުތަކެއް ފަހުން އެ ކުއްޖާ ފެނިފައިވަނީ ފަޅުގެއެއްގެ ތެރޭގައި ހޭނެތިފައި ވަނިކޮށެވެ.

Advertisement
Ooredoo — Truecaller (box)

ކުއްޖާ ފެނުނު އިރު ހީކަރުވައި ވަރު ދެރަވެފައި ހުރުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ރޭ ބުންޏެވެ.

ފުލުހުން މިއަދު ބުނީ ކުއްޖާގެ ހާލު ރަނގަޅު ނަމަވެސް، އެހާ ކުޑަކުއްޖަކު ގެއްލި ގިނައިރުވުމުން ކުއްޖާގެ ހާލަތު ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހަދަން ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޓެސްޓުތައް ހެދުމަށް ތިނަދޫ ހޮސްޕިޓަލަށް ކުއްޖާ ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަނކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް