ޚަބަރު

14 ދުވަހުން މިފްކޯއިން 52.6 މިލިއަން ރުފިޔާ ދޫކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 14 ދުވަސް ތެރޭ 52.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

Ads by Sosun Fihaara

މިފްކޯއިން ބުނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިމަހުގެ މިހާތަނައް މިފްކޯއިން 52.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މިއީ މިހާތަނައް ކިރި މަހުގެ ޖުމްލަ އަދަދު ކަމަށެވެ.

“މި ދުވަސްވަރަކީ މަސްވެރިކަން ދަަށް ދުވަސްވަރަކަށް ވެފަ އަދި މިއީ މިފްކޯއަށް މަސްކިރާ ރޭޓް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއް ކަމުގައި ދަންނަވަން” މިފްކޯއިން ބުންޏެވެ.

މިފްކޯއިން މިފަދައިން ވިދާޅުވެފައިވަަނީ މަސްވެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވުމާއިއެކު މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން މާލެ ސަރަހައްދުގައި ރިޔާސީ ފާލަން ހުންނަ ސަރައްދާއި އެމްއެމްއޭ ކުރިމަތީގެ ފަޅުތެރޭގައިވެސް މަސްވެރިން ވަނީ އިހުތިޖާޖްކޮށްފައެވެ.

މީގެ ކުރިން މިފްކޯއިން މަޢުލޫމާތުދީފައިވާ ގޮތުގައި މަސްވެރިންނަށް ނުދެވި ހުރީ 80 މިލިއަނާއި ގާތްކުރާ އަދަދެއްގެ ފައިސާއެވެ.

ޕެންޑިންގައި ހުރި ފައިސާ ކްލިއަރކުރުމަށް ފިޝަރީޒް މިނިސްޓްރީއާއި ސަރުކާރުކާރާއިއެކު މިފްކޯއިން މަސައްކަތްތައް ކުރަމުންދާކަމަށް މައުލޫމާތު ދީފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!