ޚަބަރު އިޖުތިމާޢީ

ހައްޖުވެރިން އަންނާތީ ބާރުބޮޑުވާނެ، އެމްއޭސީއެލްއިން އިލްތިމާސްކުރީ ކުރިއާލާ ދިއުމަށް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރާއްޖެއިން މިފަހަރު ހައްޖަށް ދިޔަ ބަޔަކު އެއާޕޯޓުގައި މަޑުކޮށްލައިގެން/ ފޮޓޯ: ދެން

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މިއަދު އެނބުރި އަންނާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބާރުބޮޑުވާނެ ކަމަށާއި، އެހެންވެ އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކުން ކުރިއާލައި އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. .

Ads by Sosun Fihaara

އެމްއޭސީއެލް އިން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވަނީ ހައްޖުވެރިން އަންނާތީ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް ދަތުރުކުރާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ ކުންފުނިން ވަނީ އެތަނުގެ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް ތަބާވުމަށް ވެސް އެދިފަ އެވެ.

މި ދުވަސްވަރާ ދިމާކޮށް އަންނާނެ ބަލިތަކާ މެދު ސަމާލުވުމަށްވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިއްޔެ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ހައްޖުން އަންނަތާ 14 ދުވަސް ތެެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށްް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރި ނުކުރުމަށްްވެސް އެޗްޕީއޭއިން އެދިފައިވެ އެވެ.

ހައްޖުވެރިން ރާއްޖެ އަންނަ ދުވަސްތަކަކީ މިއަދާއި، 28 ޖޫން، އަދި 01 ޖުލައި 04 ޖުލައި އެވެ.

ރާއްޖެއަށް މިއަހަރު ހައްޖު ކޯޓާގެ ގޮތުގައި ލިބުނީ 1،150 ކޯޓާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރަސްމީ ކޯޓާގައި ދިޔަ 1000 މީހުންނާއި އިތުރަށް ލިބުނު ކޯޓާގައި ދިޔަ 150 މީހުންނެވެ. ހުރިހާ ކޯޓާއެއްވެސް ސަރުކާރުން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ އެކަކު ވަނީ ނިޔާވެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!