ޚަބަރު

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

މާލެއަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން ދަނީ ހުސެއިން ޒިހާން (18އ)/ މާލެ، ހ. ބްލޫސްކޫޕް، ކަމަށެވެ.

ޒިހާން އެންމެ ފަހުން ފެނިފައިވަނީ ހުކުރު ދުވަހު، އޭނާ މިހާރު ދިރިއުޅޭ (ހ.ބްލޫ ޑްރީމް) ގެއިން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ޒިހާންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރަން އެދިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!