ފަތުރަމުންދާ ވީޑިއޯއިން ފެންނަނީ ފަލާހެއް ނޫން: ޕީއެންސީ

ފިރިހެނަކާއި އެކު އެއް ޖިންސުގެ ގުޅުން ހިންގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަވަމުންދާ ވީޑިއޯގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީން ދޮގުކޮށްފި އެވެ.
އެ ވީޑިއޯ/ފޮޓޯ ދައުރުކުރުވަމުން ދަނީ 'އެކްސް' ގައި ސަރުކާރުގެ އެތެރޭގެ މައުލޫމާތުތައް ލީކު ކުރަމުންދާ ހަސަން ކުރުސި ނަމަކަށް ކިޔާ އައިޑީއަކުންނެވެ.
އެކަމާއި ގުޅޭ ގޮތުން ޕީއެންސީން ނެރެނު ބަޔާނެއްގައި ވަނީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕު ލީޑަރު، ފަލާހުގެ އަބުރަށް އަރައިގަނެ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ސޯޝަލް މީޑީއާގައި ފަތުރަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. އެއީ ފަލާހު ނޫންކަން ފުލުހުން މީގެ ކުރިންވެސް ޔަގީންކޮށްދީފައިވާ ކަމަށް ޕީއެންސީން ބުންޏެވެ.
ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ނޫންކަން މީގެ 2 އަހަރު ކުރިން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެހެންވެ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ޕީއެންސީން ވަނީ ފުލުހުންނަށް ގޮވާލާފަ އެވެ.