ރާއްޖޭ ކުޅިވަރު ކުޅިވަރު

ބަކާ އައިސީޔޫގައި، ރާއްޖެއައީ ހައްޖުގެ އަޅުކަމަށްފަހު

ސްޕޯޓްސް ޓީމް ، ދެން އޮންލައިން
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބަލާ

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

Ads by Sosun Fihaara

އުމުރުން 38 އަހަރުގެ ބަކާ ވަނީ ނިމިދިޔަ ހައްޖު މޫސުމުގެ އަޅުކަން އަދާކޮށްފައެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

“ދެން”އަށް އެނގިފައިވާ ގޮތުން ބަކާގެ ހާލު ސީރިއަސްވީ ގަދައަަށް ހުން އައިސްގެނެވެ. އޭނާ ވަނީ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ވެސް ލަައިފައެވެ. ނަމަވެސް މިހާރު މަޑުމަޑުން ބަކާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ދެ ސީޒަންގައި ބަކާ ކުޅެފައެއް ނުވެއެވެ. ނަމަވެސް އެވެ. ދާދި ފަހުން މާލޭގައި ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ، ސެވަން އަ ސައިޑް މުބާރާތުގައި ބަކާ ކުޅުނެވެ.

ބަކާއަކީ ރާއްޖޭން ބޭރުގެ ލީގުގައި ކުޅުނު މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ކުޅެފައެވެ. މީގެ އިތުރުން ބަކާ ވަނީ ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކުޅެފަައެވެ. އަދި އޭނާއަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!