ޚަބަރު

އަމީނީ މަގުގައި އަދިވެސް ފެން ބޮޑުވަނީ، އާރުޑީސީން ބުނީ ވަރަށް އަވަހަށް ހައްލުވާނެ ކަމަށް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އަމީނީ މަގު

ޒަމާނީ ފެންވަރަކަށް ތަރައްގީކުރަމުންދާ އަމީނީ މަގުގައި ފެންބޮޑުވުމުގެ މައްސަލަ ވަރަށް އަވަހަށް ހައްލުކުރާނެ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

Ads by STELCO

13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އަމީނީ މަގުގެ މަސައްކަތް މިދިޔަ އަހަރު ނިންމާގޮތަށް ތާވަލްކުރިނަމަވެސް އެ މަސައްކަތް ތާވާލާއި އެއްގޮތަށް ނިންމާފައެއް ނުވެއެވެ. އަދި ތާރު އެޅުމަށްފަހު ކުރީ ސަރުކާރުން ހުޅުވި ސަރަހައްދުތަކުގައިވެސް ހުރީ ބައެއް މަސައްކަތްތައް އެއްކޮށް ނުނިންމައެވެ.

އަމީނީ ގުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރެވިދާނެތޯއާއި އެކަން ކުރެވޭނެ ތާރީހަކާ ގުޅިގެން ސުވާލުކުރުމުން 'ދެން' އަށް އާރުޑީސީން ބުނީ 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މި މަޝްރޫއުގެ ދަށުން މަގުގައި ކުރަންޖެހޭ މަސައްކަތްތައް ނިންމާ ތާރު އަޅާފައިވީނަމަވެސް ފެން ބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނީ އެމަގުގެ ސްޓޯމް ވޯޓާ ޕަމްޕްތައް ގާއިމުކޮށްގެން ކަމަށެވެ. އަދި ވީހާވެސް އަވަހަށް އެ ޕަމްޕުތައް ގެނެސް މައްސަލަ ހައްލުކުރާނެ ކަމަށެވެ.

"މި ވަގުތައް ޕަމްޕްތައް ލިބިފައިނުވާތީ މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޕަމްޕްތައް ރާއްޖެ ގެނެސް އިންޓޯލުކުރުމަށް. އަދި ސްޓޯމްވޯޓަރ ޕަމްޕްތައް ބަހައްޓާ ޓޭންކްތަކުގެ މަސައްކަތްވަނީ ނިމިފައި" އާރުޑީސީން ބުންޏެވެ.

ބޮޑު ހަރަދުކޮށްގެން އަމީނީ މަގު ހެދިނަމަވެސް، އެ މަގުގެ ތާރު އަޅާފައިވާ ބައެއް ސަރަހައްދުތަކުން ތާރުތައް ނެއްޓިގެން ދިއުމާއި ބައެއް ތަންތަނުގައި ވަޅުގަނޑު ހެދިފައި ހުރިކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ދަނީ ކުރަމުން ނެވެ. އަދި ވާރޭ ވެހޭ ކޮންމެ ފަހަރަކު ފެންބޮޑުވާތީ އެ މަގުގައި ހިނގާބިނގާވެ އުޅުމަށާއި ދުއްވާ ތަކެއްޗަށް ދަތުރުކުރުމަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވެ އެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!