ޚަބަރު

އީދު މިސްކިތުން ވައްކަން ކުރި މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް

އައިކާ ޔުނާން ، ދެން އޮންލައިން
ފޮޓޯ:މިހާރު

މާލޭ އީދު މިސްކިތުން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އީދު މިސްކިތުން ވަގަށް ނަގާފައިވަނީ އެ ތަނުގައި ހުރި ފަންކާތަކެވެ.

މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު, އެކަމާ ގުޅިގެން މިސްކިތްތައް ބަލަހައްޓަމުން އަންނަ ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފައެވެ.

އޭގެ ތެރޭގައި މިސްކިތްތަކުން ވަގަށް ނެގި މި މައްސަލަތަކުގައި ހިމެނޭ ހަ ފަންކާ، ދެ ފޯނު އަދި ފެންމޯޓަރެއް ހޯދައި ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!