Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ އެންމެން ދިޔައީ ވެކްސިން ފުރިހަމަކޮށްގެން

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ އެންމެން ދިޔައީ ވެކްސިން ފުރިހަމަކޮށްގެން

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހައި އެންމެން ދިޔައީ ޙައްޖުގެ ވެކްސިން ފުރިހަމަ ކޮށްގެން ކަމަށް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ދެންމެ ނެރުނު ބަޔާނެއްގައި މިކަން ހާމަކޮށްފައިވަނީ, ޙައްޖުގެ އަޅުކަން ފުރިހަމަ ކުރި ފަރާތެއް މެނެންޖައިޓިސް ޖެހި ނިޔާވުމާއި ގުޅިގެންނެވެ. ނިޔާވެފައިވަނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު އާރިފް (ބަކާ)އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބަކާ ޙައްޖަށް ގޮސްފައިވަނީ ސައުދީގެ އެންބަސީން ދޭ, ސައުދީ ރަސްގެފާނުގެ ޚާއްސަ ކޯޓާއެއްގެ ދަށުންނެވެ.

ޙައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން އަމަލުކޮށްފައިވަނީ ސައުދީ ޙައްޖު މިނިސްޓްރީގެ ވެކްސިން ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޙައްޖަށް ދިއުމުގެ ކުރިން ޕޯލިއޯ, މެނެންޖައިޓިސް އަދި އިންފްއެންޒާ ވެކްސިން ވަނީ ހުރިހާ ޙައްޖާޖީންނާއި އެހީތެރިން ޖަހާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް