ޚަބަރު

ޝާހިދު، ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރައްވައިފި

އައިކާ ޔުނާން ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގްއާ ބައްދަލުކުރައްވައިފި އެވެ.

Ads by Hajj Corporation

ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ކުރިއަށް ދިޔަ ބައްދަލުވުން ކުރިއަށް ދިޔައީ "ފައިވް ޕްރިސިޕަލްސް އޮފް ޕީސްފުލް ކޯ-އެގްޒިސްޓެންސް" އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ކޮންފަރެންސްގެ ހަވާސާގަ އެވެ.

މިއީ ކޮންފަރެންސަކީ ޗައިނާގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިއްމު 5 އަސާސްތައް ސައިނޯ-އިންޑިއަން އެގްރިމަންޓްގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ކޮންފަރެންސްއެކެވެ.

ޝީ ދެއްވި ތަގްރީރުގެ ކުރިން ކުރެއްވި ައްދަލުވުމާ ގުޅިގެން ޝާހިދު "އެކްސް" ގައި ވިދާޅުވީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމުކޮށްގެން، ދުނިޔޭގެ ސުލްހައާއި އަމާންކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްތަކުން ހިތްވަރު ލިބޭކަމަށާއި އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާއެކު އެންމެން ދިރިއުޅުންކަމަށެވެ.

އެކުގައި މަސައްކަތް ކޮށްގެން އެ ކަމަށް ވާސިލް ވެވޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!