ޚަބަރު

އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި ފިރިހެނަކު ވިލިގިލިން ހައްޔަރުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ގއ ވިލިނގިލި

ގއ. ވިލިގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

މިޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ބުނީ، މާރާމާރީގައި އަނިޔާވީ 46 އަހަރުގެ އަންހެނަކަށް ކަމަށާއި، ގއ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. ފުލުހުންގެ ހައްޔަރަށް ގެންދިޔަ މީހާގެ ވަނަވަރު ހާމަކޮށްފައި ނުވިޔަސް މި ނޫހަށް އެނގިފައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރީ އަލީ ސާޖިދު ނަމަކަށް ކިޔާ މަސްވެރިއެކެވެ.

ނަމަވެސް އެކަން ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!