ޚަބަރު ރައްޔިތުންގެ މަޖިލިސް

މެމްބަރުންގެ މުސާރަ ކުޑަ: ޝުޖާ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ ކުޑަކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މެމްބަރުންނަށް ލިބޭ މުސާރަ ކުޑަކަމަށް ޝުޖާއު ވާހަކަދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ ހިޔާލު ހޯދުމަށް އޭނާ ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ތެރޭގައި ވެސް ވަރަށް ގިނައިން ދެކެވޭ ވާހަކައެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑު (ބޮޑު ވާހަކައަކީ). އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ އިއްޒަތްތެރި ރައީސް. މި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރަ ކުޑަ." ޝުޖާއު ވިދާޅުވި އެވެ.

މުސާރަ ކުޑަކަމަށް ވިދާޅުވަނީ، ޝުޖާއު ފާހަގަކުރެއްވި ގޮތުގައި އެއީ، މެމްބަރުންގެ ޒިންމާތަކާއި އެކަށީގެން ނުވާ އަދަދެއްކަމަށް ގަބޫލުކުރައްވާތީ އެބެ.

"އެހެން މިދަންނަވަން ޖެހެނީ ސިޓީ ކައުންސިލްގެ މެމްބަރުކަން ކޮށްފަ އަޅުގަނޑު މިއަައީ. 30،000ރ. މުސާރައަކީ އިއްޒަތްތެރި ރައީސް. ވަކި ކޮންކަމެއްތޯ؟ ރައްޔިިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އައީމަ އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުގެ ޒިންމާތަކަކީ ކޮބައިކަން." މާލެ ސިޓީ ކައުންސިލްގެ މެމްބަރުކަން ކުރެެއްވި ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، "ރައްޔިތުންނާ ގާތުން ހިދުމަތްކުރާ މެމްބަރުންގެ އަތުގައި ލޯލާރިއެއްވެސް" ނޯންނާނެ އެވެ. އަދި މީގެކުރިން މެމްބަރުންގެ މުސާރަ ބޮޑުކަމަށް ވަކާލާތު ކުރި މީހުން މަޖިލީހަށް އިންތިހާބުވުމުން އެ ވާހަކަ ނުދައްކަވަނީ އެ މެމްބަރުންގެ "އަތުން ދާ ހޭދަ ބޮޑު" ވުުމުން ކަމަށެވެ.

އެހެންނަމަވެސް މެމްބަރުކަމުން ވަކިވުމަށްފަހު އެލަވަންސްތައް ދޭން ދެކޮޅު ކަން ވެސް އޭނާ ހާމަކުރެއްވި އެވެ.

"އަޅުގަނޑު މިދަންނަވަނީ މުސާރަ ކުޑައޭ އިއްޒަތްތެރި ރައީސް. އެހެންނަމަވެސް ލިބެންޖެހޭ އިންޝުއަރެންސްތަކާއި މިކަންތައްތަކަކީ މެމްބަރުކަމުން ވަކިވުމަށްފަހު ލިބެންޖެހޭނެ އެއްޗެއް ކަމަށް އަޅުގަނޑު ގަބޫލުނުކުރާ ވާހަކަ މިދަންނަވަނީ." ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެމްބަރުންގެ މުސާރަ އަމިއްލަ އަށް ކަނޑައެޅުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށާއި އެކަން ރައްޔިތުން ބަލައިގަންނަ ގޮތަކަށް ބައްޓަން ކުރަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަސަސީ މުސާރައަކީ 42،500ރ. ލިބެ އެވެ. ކޮމިޓީ އެލަވަންސް އާއި ލިވިން އެލަވެންސް އާއެކު މެންބަރަކަށް 82،500ރ. ލިބެ އެވެ. ޖެހޭއިރު އާއްމުން ދަނީ މިކަމާ މެދު ނުރުހުން ފާޅުކުރަމުން ނެވެ. ގައުމުގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ކަމާ ގޫޅޭ މާހިރުން ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ގޮވާލާފަ އެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުމުގައި މަޖިލީސް މެންބަރެއްްގެ މުސާރައަކީ އެއް ލައްކަ ރުފިޔާ ކަމަށް ލިޔެފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ.

Ads by Ooredoo
  1. ހެޔޮބަސް

    އިއްޒަތްތެރި މެންބަރުންނޭ” މާތްކަލާއްކޮ ތިޔަބޭފުޅުންގެ މުސާރައާއި އެހެނިހެން އިނާޔަތްއައްވެސް ކަނޑައަޅަނީ ތިޔަބާފުޅުން އަމިއްލަ ފުޅަށްނޫންތޯ އެހެންވީމާ، ތިޔަބޭފުޅުން ބޭންފުޅުވާ އަދަދެއް ކަނޑައަޅުއްވަންވީނޫންތޯ މަޖިލީހުގާ ބަހުސްކުރައްވަން އިތުރު ބޭކާރު ވަގުތު ދުއްވާ ނުލެއްވުން ފެނޭ.

  2. ޑިމޮކްރަސީ

    މާބޮޑަށްކުޑާއޭ މުސާރަ ދެގުނަކޮށް ލިބޭ ޢިނާޔަތްތައްވެސް އިތުރުކޮށް ދަވްލަތަށް ބަލަދު އަރާ ބައެއްގެގޮތުގަ ހަމަޖައްސާ ތިބައިމީހުން ި އަމިއްލައަށް ކުރެވެންހުރި ކަންކަމުން ލިބެން އޮތް ނަފާތައް ލަސްނުކޮށް ނަގަންވީ ރައްޔިތުން ގުބޯހައްދާލެވޭނެ ކޮންމެ ފަސްއަހަރަކުން އެއީ އެއްވެސް ކަމެއްނޫން މިއަދުވެސް މިޤަވްމުގެ އަޅުމަސްއްކަތްކުރާ ދިވެހިން މިތިބީ ގޮތް ހުސްވެ ތިމީހުންނަށްޓަކާ ބޮޑުތަނުން ޓެކްސް ދީގެންވެސް ތިމީހުންގެ ހިތް ހަމަޖައްސާދެވޭތޯ އަތުކުރި އޮޅާލައިގެން