ކޭޝިއަރުން ހިމެނޭހެން ބިދޭސީންނަށް ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވިޔަފާރި ކުރުން މަނާ ދާއިރާތައް އިކޮނޮމިކްް މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.
ބިދޭސީންގެ މައްސަލަ ބޮޑުވެ, މައްސަލަ ހައްލު ކުރަން ކަމާ ގުޅުން ހުރި ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލިޔެކިއުން ނެތް ބިދޭސީނާއި ވިޒާއާ ޚިލާފަށް އިތުރު މަސައްކަތް ކުރާ ދެނެގަނެ ޑީޕޯޓް ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ވަނީ ފަށާފައެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅާ, އެކަން ހަނދާންކޮށްދީފައެވެ. އެއީ;
- އޮންލައިން ވިޔަފާރި ހިމެނޭ ގޮތަށް ރިޓޭއިލް ޓްރޭޑް
- ހޯލް ސޭލް ޓްރޭޑް، (އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި)
- ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް
- ޕޯސްޓަލް އަދި ކުރިއާ މަސައްކަތް
- ކާބޯތަކެތި ވިއްކުމުގެ ޚިދުމަތްތައް
- ތަކެތި ކުއްޔަށް ދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުން ކުރާ ބޮޑެތި މެޝިނަރީސް ފަދަ ތަކެތި ހިމެނޭ ގޮތަށް)
- އެމްޕްލޯއިމަންޓް އޭޖަންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތްތައް
- ޓްރެވަލް އޭޖަންސީ، ޓުއާ އޮޕަރޭޓާސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް
- ލޭންޑްސްކޭޕިން މަސައްކަތް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް
- ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން
- ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް
- ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް
- ޕްރޮގްރާމިން އަދި ބްރޯޑްކާސްޓިން މަސައްކަތް
- ޤާނޫނީ ވަކީލުންގެ ޚިދުމަތްތައް
- ފޮޓޯގްރަފީއާއި ވީޑިއޯގްރަފީގެ މަސައްކަތް
- ޕިކްނިކް އައިލެންޑް ތަރައްޤީކުރުމާއި ހިންގުން
- ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން
- ސުވެނިއާ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން
- ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން
- ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން
- ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި)
- މައިނިން އެންޑް ކޮރީންގް ގެ މަސައްކަތް
- މައިނިން އޮފް ސޭންޑް
- ފޮރެސްޓްރީ
Ads by Allied Insurance