ދުނިޔެ

އިންޑިޔާއަށް ކޮވިޑް-19 ކޮންޓްރޯލެއް ނުވި، ބަލި ޖެހުނު މީހުންގެ އަދަދު 4 މިލިއަނަށް!

އައިޝަތު ރަފާ ، ދެން އޮންލައިން

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19، އިންޑިޔާގައި ކޮންޓްރޯލް ނުވެ، އެގައުމުން ބައްޔަށް ފައްސިވި މީޙުންގެ ޖުމްލަ އަދަދު 4 މިލިއަނަށް އަރައިފިއެވެ.

Ads by WAMCO

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިޔާއިން މިހާތަނަށް ޖުމްލަ 4,110,839 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެގައުމުން މިހާތަނަށް 70,679 މީހަކު ވަނީ މަރުވެފައެވެ.

އިންޑިޔާއަކީ މިހާރު މުޅި ދުނިޔެއިންވެސް، ދުވާލެއްގެ މައްޗަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މަރުވަމުންދާ ޤައުމެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެގައުމުން 90,600 އަށްވުރެ ގިނަ ބަޔަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި 1,044 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޗައިނާގެ ވުހާންގެ މާރުކޭޓަކުން ފެނި، މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަށް މުޅި ދުނިޔެއިން ޖުމްލަ 27,020,044 މީހަކު ވަނީ ފައްސިވެފައެވެ. މި ބަލީގައި މިހާތަނަށް ޖުމްލަ 882,738 މީހަކު މަރުވެފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 19,116,529 މީހަކު ވަނީ އެއްކޮށް ބަލިން ރަނގަޅުވެފައެވެ.

މިދިޔަ މާރިޗް މަހުގެ 7 ވަނަ ދުވަހު، ރާއްޖެއިންވެސް ވަނީ ކޮވިޑް-19 ބަލި ފެނިފައެވެ. އޭގެ ފަހުން މިހާތަނަށް، ރާއްޖެއިން ޖުމްލަ 8,486 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އޭގެތެރެއިން 5,822 މީހަކު އެއްކޮށް ބަލިން ރަނގަޅުވެފައިވާއިރު، 29 މީހަކު ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ބައްޔަށް ފަރުވާދެމުން ދަނީ ޖުމްލަ 2,635 މީހަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!