ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮޕީރައިޓް ގާނޫނަކީ ވިޔަފާރިތައް އުފެދި ބޮޑެތި ވިޔަފާރިތަކަށް ބަދަލުވާން ދެވޭ ހިތްވަރެއް: އިއްބެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިއްބެ: އޭނާ ވިދާޅުވީ ކޮޕީރައިޓް ގާނޫނަކީ ވިޔަފާރިތައް އުފެދި ބޮޑެތި ވިޔަފާރިތަކަށް ބަދަލުވާން ދެވޭ ހިތްވަރެއްަ ކަަމަށް - ފޮޓޯ:މަޖިލިސް

ކޮޕީރައިޓް ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަކީ ވިޔަފާރިތައް އުފެދި، ބޮޑެތި ވިޔަފާރިތަކަށް ބަދަލުވުމަށް ދެވޭ ހިތްވަރެއް ކަަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން (އިއްބެ) ވިދާޅުވެއްޖެ އެވެ.

Ads by MWSC

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން އިއްބެ ވިދާޅުވީ މި ބިލަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުހިންމު ބިލެއް ކަމަށެވެ. މި ބިލުން ކުދި ވިޔަފާރިވެރިން މެދުފަންތީގެ ވިޔަފާރިވެރިންނަށް ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިއްބެ ވިދާޅުވި އެވެ. އިއްބެ ވިދާޅުވެފައި ވަނީ ކޮޕީރައިޓް ގާނޫނުގެ ދަށުން މިހާރު ކުރަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ރަނގަޅަށް ހިމާޔަތް ނުކުރެވޭ ކަމަށެވެ.

މި ބިލުގެ ސަބަބުން ކުރިއަށް އޮތް ޖީލަށް ވިޔަފާރިވެރިންތައް އުފެދި، ކުދި ވިޔަފާރިވެރިން މީޑިއަމް ވިޔަފާރިވެރިންނަށް ބަދަލުވެ، އެ މީހުންގެ ހައްގުތައް ހިމާޔަތްވެގެންދާނެ ކަމަށް އިއްބެ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ވިޔަފާރިވެރިން ވިޔަފާރިތަކަށް ނަންތައް ކިޔަމުންދާއިރު ނުވަތަ ބްރޭންޑްތައް އުފައްދަމުންދާއިރު އެ ބްރޭންޑްތަކާ ވަރަށް އެއްގޮތްވާ ގޮތަށް އެހެން ބްރޭންޑްތައް ހަދަމުންދާ ކަމުގަ އެވެ.

"އަޅުގަނޑު ހިތުން މިފަދަ ގާނޫނެއް އައުމުގެ ބޭނުމަކަށް ވާނީ މިފަދަ ބްރޭންޑްތައް ހެދިގެންދާއިރުގައި އެ ބްރޭންޑްތަަކަށް ހިމާޔަތް ލިބިގެންދާ ގޮތަށް، އެއާ އެކު އެކީ އެއްކަހަލަ ނަންތަކެއް އިތުރަށް އުފެދުނަ ނުދީ އެކަން ހައްލުކުރެވުން،" ބްރޭންޑް ކުރުމުގައި މިހާރު ހުރި މައްސަލަތަކުން މިސާލެއް ނަންގަވައި އިއްބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ފަންނާނުންގެ އުފެއްދުންތައް އެ ފަރާތްތަކުގެ އަމިއްލަ އުފެއްދުންތަކުގެ ގޮތުގައި ދުނިޔޭގެ ބާޒާރުތަކުގައި ވިއްކުމުގެ ފުރުސަތު މި ބިލުން ފަހިވެގެންދާނެ ކަމަށެވެ. އަމިއްލަ ބްރޭންޑްތަކުގެ ގޮތުގައި އުފައްދާ އެފަދަ އުފެއްދުންތަކަށް މި އިސްލާހުން ހިމާޔަތް ލިބިގެންދާނެ ކަމަށް އިއްބެ ވިދާޅުވި އެވެ.

އިއްބެ ވިދާޅުވެފައި ވަނީ މިހާރު އޮންނަ ގޮތުން ރައްކާތެރިކަން ލިބެނީ ބޮޑެތި ވިޔަފާރިތަަކަށް އެކަނި ކަމަށެވެ. އެހެންނަމަވެސް އެ ފުރުސަތު ކުދި ވިޔަފާރިތަކަށް ވެސް ލިބެން ޖެހޭ ކަަމަށް އޭނާ ގަބޫލުކުރައްވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އިއްބެ ވިދާޅުވި ގޮތުގައި ކޮޕީރައިޓްސްގެ ގާނޫނަށް ގެނެވޭ މި ބަދަލުން އިތުރު ވިޔަފާރިވެރިންތަކެއް އުފެދި ބޮޑެތި ވިޔަފާރިވެރިންނަށް ބަދަލުވެގެންދާނެ ކަމުގަ އެވެ. މި އިސްލާހަކީ އެކަމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!