ޚަބަރު

ބޮޑެތި ބަލިތަކަށް ފަރުވާކޮށްދޭން ޒަކާތު ފަންޑުން ޖޫން މަހު އެއް މިލިއަން ރ. ހަރަދުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒަކާތު ހައުސް އިން މިދިޔަ ޖޫން މަހު މީހުނަށް އެހީގެ ގޮތުގައި ބޮޑެތި ބަލިތަކަށް ފަރުވާކޮށްދިނުމަށް އެއް މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފި އެވެ..

Ads by Sosun Fihaara

މިދިޔަ މަހުގެ ތަފާސްހިސާބުތައް ހިއްސާކުރަމުން އިސްލާމިކް މިނިސްޓްރީގެ އެކްސް އެކައުންޓުން ކުރި ޕޯސްޓުން ދައްކާ ގޮތުގައި މިދިޔަ މަހު އެހީގެ ގޮތުގައި 1،044،989.10 ރ ހަރަދުކޮށްފައިވެ އެވެ.

އޭގެ ތެރޭގައި މެއި މަހު ހަމަޖެހުނު އެހީގެ ބައެއް ވެސް ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ޖޫން މަހު އެހީއަށް ހަމަޖެހިފައިވަނީ 860،957 ރ އެވެ.

ޖޫން މަހު 107 މީހަކަށް ބޭސްފަރުވާގެ އެހީ ފޯރުކޮށްދީފައިވެ އެވެ.

ބޭސްފަރުވާގެ އެހީ ދެވިފައިވާ މައިގަނޑު ކަންކަން:

  • ކެންސަރު 262،911ރ (އެހީގެ 30.2 ޕަސެންޓް)
  • ހިތުގެ އޮޕަރޭޝަން 38،164.00ރ (އެހީގެ 4.4 ޕަސެންޓް)
  • ކިޑްނީ ބަލިތަކަށް 97،531.50ރ (އެހީގެ 11.2 ޕަސެންޓް)
  • ޓްރާންސްޕްލާންޓް 25،443ރ (އެހީގެ 2.9 ޕަސެންޓް)
  • ސިކުނޑީގެ އޮޕަރޭޝަން 124،580.53ރ (އެހީގެ 14.3 ޕަސެންޓް)
  • އެހެނިހެން ބަލިތަކަށް 322،327.50ރ (އެހީގެ 37 ޕަސެންޓް)

މީގެ އިތުރުން އިދާރީ މުވައްޒަފުންގެ އޫޖުރައަށް ޒަކާތު ހައުސްއިން 273،026 ރ. ހަރަދުކޮށްފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!