ޚަބަރު އިޖުތިމާޢީ

ހައިޑްރޯގްރަފިކް އޯގަނައިޒޭޝަނުގެ މެމްބަރަކަށް ވާން މަޝްވަރާކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިންޓަނޭޝަނަލް ހައިޑްރޯގްރަފިކް އޯގަނައިޒޭޝަނުގެ މެމްބަރު ގައުމަކަށް ވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި - ފޮޓޯ:ޑިފެންސް މިނިސްޓްރީ

އިންޓަނޭޝަނަލް ހައިޑްރޯގްރަފިކް އޯގަނައިޒޭޝަނުގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ ވުމާ ގުޅޭގޮތުން ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީ އާއެކު މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްއިން މަޝްވަރާކޮށްފި އެވެ.

Ads by MWSC

މި ބައްދަލުވުމުގައި އިންޓަނޭޝަނަލް ހައިޑްރޯގްރަފިކް އޯގަނައިޒޭޝަނުގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ ވުމުން، އެކަމުން ރާއްޖޭގެ ހައިޑްރޯގްރަފީގެ ދާއިރާއަށް ލިބޭނެ ކުރިއެރުންތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް، މި ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްއިން މެރިން ސްޕޭޝިއަލް ޑޭޓާ އިންފްރަސްޓްރަކްޗާ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެ އެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އުފައްދާފައި ވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެ އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޯގްރަފީގެ ސާވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުމެވެ.

ހައިޑްރޯގްރަފީއަކީ ކަނޑުތަކާއި ކޯރު ފަދަ ތަންތައް ދިރާސާކޮށް، އެތަންތަނުގެ ޗާޓުތައް ތައްޔާރުކުރުން ފަދަ ކަންކަމުގައި ބޭނުންކުރާ ސައިންސްގެ ފަންނެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!