ޚަބަރު

މާމިގިލީ ރައްޔިތުންނަށް ފިކްނިކް އައިލެންޑެއް ހިއްކަން އީއައިއޭ ހަދާނެ ބަޔަކު ހޯދަނީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އދ.މާމިގިލި

އދ.މާމިގިލީ އުތުރުފަރާތު ފަޅުތެރޭގައި އެ ރަށުގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް ރަށެއް ހިއްކުމަށްޓަކައި ބޭނުންވާ އީއައިއޭ ހަދާދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

Ads by MWSC

މާމިގިލީ ކައުންސިލުން އިއްޔެ ކުރި އިއުލާނުގަައި ބުނެފައިވަނީ ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް 150 ފޫޓާއި 250 ފޫޓްގެ ރަށެއް ހިއްކުމާއި ރޮކްބޯޑަރު ޖެހުމަށް ބޭނުންވާ އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ ކައުންސިލުން ވަނީ ބިޑަށް ރަޖިސްޓްރީވުމަށް އެ ކައުންސިލްގެ މެއިލް [email protected] އަށް އީމެއިލް ކުރުމަށް އެދިފަ އެވެ. ބިޑަށް ރެޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ އެ އިއުލާނުގައި ވާ ގޮތުން މި މަހުގެ 22 ގެ 12:00 އެވެ.

މީގެ އިތުރުން އެ ކައުންސިލުން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ކައުންސިލް އިދާރާާއަށް އަންދާސީހިސާބު ހުށައެޅުމަށް އެދިފަ އެވެ. އަންދާސީހިސާބު ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!