ޚަބަރު އިޖުތިމާޢީ

ފުވައްމުލައް ސިޓީ ކައުންސިލަށް ޑްރޯނެއް ހޯދަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ޑްރޯނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

Ads by STELCO

ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލަށް ޑްރޯނެއް ސަޕްލައި ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު "ދެން" އަށް ވިދާޅުވީ އެ ކައުންސިލަށް ޑްރޯނެއް ހޯދަނީ ލޭންޑް ޔޫސް ޕްލޭން ހެދުމަށާއި ސާވޭތައް ކުރުމަށް ފަސޭހަ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ އިދާރާގެ މެއިލް އެޑްރެހަށް ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފުސީލާ އެކު ހުށަހެޅުމަށް ފުވައްމުލައް ކައުންސިލުން ވަނީ އެދިފަ އެވެ.

މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާ ގުޅޭ މައުލޫމާތު ޝީޓް މެއިލް ކުރެވޭނެ ކަމަށާއި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 31 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ އިދާރާގެ އަތޮޅުގެ މީޓިން ރޫމް އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީގައި ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!